ކޮވިޑް -19 ރޯގާ އާއި ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަޤްޞަދުގައި ހދ. މަކުނުދޫއިން ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމައިފިއެވެ.
އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ދަނޑުވެރިކަމަށް ވަގުތީ ބިމެއް ދޫކުރަން ނިންމާފައިވާއިރު، އެބިންތައް ދޫކުރެވޭނީ އެއްވެސް ކުއްޔަކާއި ނުލައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކުރި ހާއްސަ ދެންނެވުމެއްގައި ވަނީ އެރަށުން ޓްރެކްދަނޑެއް ހެދުމަށް ބިންސާފުކޮށްފައިވާ ސަރަޙައްދާއި، އުތުރު ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ބޭނުން ނުކޮށް އޮތް ސަރަޙައްދާއި، އަލަށް ދޫކުރި ގޯތިތަކާއި ކުރީގެ ގޯތިތަކާ ދެމެދުގައި އޮތް ހުސް ސަރަޙައްދުތަކާއި،
މިނޫނަސް ޢާއްމު ގޯތިތަކާއި އިންވެގެން ހުރި ކަންކުތި ހުސްބިންތަކުގައި އެކައުންސިލުން ލިސްޓްކޮށްފައިވާ ބާވަތްތައް އިންދާ ހެއްދުމަށް ފުރުޞަތު ހުޅުވާލާކަމަށެވެ.
މިނޫނަސް ޢާއްމު ގޯތިތަކާއި އިންވެގެން ހުރި ކަންކުތި ހުސްބިންތަކުގައި އެކައުންސިލުން ލިސްޓްކޮށްފައިވާ ބާވަތްތައް އިންދާ ހެއްދުމަށް ފުރުޞަތު ހުޅުވާލާކަމަށެވެ.
ދަނޑުބިން ދޫކުރާ ސަރަޙައްދުތައް
1. ޓްރެކްދަނޑު ( 50 ފޫޓް ފުޅާ، 75 ފޫޓު ދިގު/ މި ބިންތައް ދޫކުރާނީ ގުރުއަތު ލައިގެން)
2. އަލަށް ދޫކުރި ގޯތިތަކާއި ކުރީގެ ގޯތިތަކާ ދެމެދުގައި އޮތް ހުސް ސަރަޙައްދުތަ (މި ބިންތަކަކީ އިންވެގެން ގޯތިތަކެއް ހުރި ސަރަޙައްދެއްކަމުން، މި ސަރަޙައްދުން ބިން ދޫކުރުމުގައި އިންވެގެން ހުރި ގޯތިތަކަށް އިސްކަންދެވޭނެއެވެ).
3. އުތުރު ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ބޭނުން ނުކޮށް އޮތް ސަރަޙައްދު (މި ސަރަޙައްދުން ބިން ދޫކުރުމުގައި އިންވެގެން ހުރި ގޯތިތަކަށް އިސްކަންދެވޭނެއެވެ).
4. ޢާއްމު ގޯތިތަކާ އިންވެގެން ހުރި ހުސްބިންތައް ދޫކުރެވޭނީ އެ ގެއެއް ނިސްބަތްވާ ފަރާތަކަށެވެ.

އިންދާ ހެއްދޭނެ ބާވަތްތައް:
• ބިންބި، ދޮނަޅަ، ޒުވާރި، ކަރާ، ބަރަބޯ، ބަޓާނާ، ޗިޗަންޑާ، ތޮރާ، ފުފޫ، ކިޔުކަންބާ، ޓޮމާޓޯ، ބަށި، ބީންސް، ކެބެޖް، ކެރެޓް، ކައްޓަލަ، އަލުވި، ދަނޑިއަލުވި، ބީޓްރީޓް، ފަޅޯ، އަލަނާސި، އަދި ވެލަށްދެމޭ ޒާތުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް.
އެކައުންސިލުން ބުނެފައިވަނީ ބިން ދޫކުރާނީ ކޮންމެ ގޭބިސީއަކަށް ގިނަވެގެން އެއް ބިން ކަމުގައި ވާއިރު، އެ ގޭބިސީއެއް ނިސްބަތްވާ މީހެއްގެ ނަމުގައި މަކުނުދޫގައި ހުސް (ޢިމާރާތެއް ނުކޮށް ހުންނަ ) ގެވަޅެއް އޮންނަ ނަމަ އެ ގޭބިސީއަކަށް ދަނޑުބިމެއް ދުލެއް ނުކުރެވޭނެ ކަމަށެވެ.
މަކުނުދޫއިން ދަނޑުބިންތަކަށް އެދިލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ އެކައުންސިލުން ހުޅުވާލައިފައެވެ.
މަކުނުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ވަރަށް ހަރަކާތްތެރިކޮށް ފެންނަ ރަށެއްކަން ފާހަގަކޮށްލެވެ.
ކޮވިޑް-19 އާއި ގުޅިގެން އުތުރުގެ ބައެއް ރަށްތަކުން އަންނަނީ ދަނޑުވެރިކަމަށް ބިން ދޫކުރަން ޢިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި ހއ. ފިއްލަދޫއާއި، ހއ. ހޯރަފުއްޓާއި އަދި ހދ. ކުރިނބި ހިމެނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!