އިހަވަންދޫ ކައުންސިލާއި، އެ ކައުންސިލުން އުފަށްދާފައިވާ ކޮވިޑް-19 ޓާސްކް ފޯހާއި، ސިއްޚީ މަކަޒުގެ އިތުރުން ރަށުގެ އެކި މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި ހެޔޮއެދޭ އެންމެހާ ފަރާތަތައް ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ.

ރަށުގެ މަގުތަކަށް ފެންޖެހުން

Ad
rt

މި ހަރަކާތްތަކުގެ ތެރެއިން ރަށް ހިރަފުން ސަލާމަތްކޮށް ، މަގުތައް ސާފު ތާހިރު ކަންމަތީ ބޭއްވުމަށް އެރަށުގެ މަގުތަކާއި، ބަނދަރު ސަރަޙައްދަށް ފެންޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ޓާސްކް ފޯހުން ލޯންޗް ވެރިންނާއި ބައްދަލުކުރުން

މި ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫ ކޮވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކޮށް އެއްބާރުލުން ހޯދުމަށް އެރަށުގައި ދުއްވާ ލޯންޗްތަކުގެ ކެޕްޓަނުންނާއި ބައްދަލުކޮށްފައިވެއެވެ.

ރަށަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރުން

މި ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫއަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވެމުން ދެއެވެ. މިމަސައްކަތުގައި އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕުން ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް ކައުންސިލުން އެ ގްރޫޕަށް ޝުކުރު ދަންނަވައެވެ.

ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ޖޯލި ފަތިތައް ނެގުން

މީހުން އެއްވުމުގެ ފުރުޞަތު ހަނި ކުރުމަށްޓަކައި، މިހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ޖޯލި ފަތިތައް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ.

އޮޑިވެރިންނާއި، ކެޔޮޅުންނާއި ބައްދަލު ކުރުން

މި ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫ ކޮވިޑް-19 ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކޮށް އެއްބާރުލުން ހޯދުމަށް ކައުންސިލްގެ ފަރާތުން އެރަށުގެ އޮޑިވެރިންނާއި، ކެޔޮޅުންނާއި ވަނީ ބައްދަލުކޮށްފައިވެއެވެ.

ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް

މި ހަރަކާތްތަކުގެ ތެރެއިން އިހަވަންދޫ ކައުންސިލުންވަނީ ރައްޔިތުން ހޭލުންތެރި ކުރުމަށް ވަނީ ޚާއްސަ ޕްރޮގްރާމެއް އެކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފަށައިފައެވެ. ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރި އެ ޕްރޮގްރާމްގެ އެޕިސޯޑު 1 ވަނީ މިހާރު ކުރިއަށް ގެންގޮސްފައިއެވެ. މި ޕްރޮގްރާމް ގައި ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތައް ވަނީ ފޯރުކޮށްދީފައެވެ.

ތިލަދުން | Thiladhunކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ!ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުނަ ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދަން ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލްގެ ކޮވިޑް-19 ޓާސްކް...

ހެޔޮއެދޭ ފަރާތްތަކަށް ކައުންސިލްގެ ޚާއްސަ ޝުކުރު

މިހަރަކާތްތައް ކުރިއަށް ގެންދެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުކަން ފާހަގަ ކުރަށްވައި، ކައުންސިލްގެ ފަރާތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުވިދާޅުވީ އިހަވަންދޫގައި ދައްކަމުންދާ އެއްބައި ވަންތަކަމުގެ އަސްލަކީ އެރަށުގެ އެކުވެރި ރައްޔިތުންކަމަށެވެ.

ތިލަދުން | Thiladhunރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މ...

ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން އިހަވަންދޫ ކައުންސިލުން އަންނަނީ ކޮވިޑް-19 އިން އެރަށުގެ ރައްޔިތުންނާއި، ރަށުގެ ދިރިއުޅޭ މީހުން ރައްކާތެރި ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، މަސައްކަތްތަކެއް ކުރަމުންނެވެ.