•  
  •  
  •  
  •  
  •  
  •  
  •  

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުނަ ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދަން ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލްގެ ކޮވިޑް-19 ޓާސްކް ފޯހުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތައް ފޯރުކޮށް ދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދަވަން ނިންމެވީ މިދުވަސްވަރަކީ އެންމެން އެއްތަނެއްގައި ތިބެގެން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ރައްކާތެރި ދުވަސްވަރަކަށް ނުވާތީކަމަށެވެ. ނަމަވެސް މިވަގުތަކީ ރައްޔިތުންނަށް މިހާލަތާއި ގުޅޭ މަޢުލޫމާތު ކޮންމެހެންވެސް ފޯރުކޮށްދޭން ޖެހޭ ވަގުތެއްކަމުން މިރޭ އެކައުންސިލުން ފޭސްބުކް ލައިވް މެދުވެރިކޮށް ރައްޔިތުންނަށް ހާލަތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭން ނިންމީ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ، މިރޭ ޕްރޮގްރާމް ކުރިއަށް ގެންދާނީ 4 ބޭފުޅެއްގެ ޕެނަލަކުންކަމަށެވެ. އެ ޕެނަލްގައި ދީނީ މަޢުލޫމާތު ދޭނެ ބޭފުޅަކާއި، ޑަކްޓަރެއްގެ އިތުރުން ކަނޑައެޅިފައިވާ ދާއިރާތަކަށް ޚާއްސަ އިތުރު ދެ ބޭފުޅުން ހިމެނޭނެކަމަށެވެ. އަދި ޑަކްޓަރު މަޢުލޫމާތު ދެއްވާނީ އިނގިރޭސި ބަހުން ކަމަށްވާތީ، ޑޮކްޓަރުގެ އިރުޝާދު ދިވެހިބަހުން ގެނެސްދެވޭނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

މިފުޞަތުގައި އިވަންދޫ ކޮވިޑް-19 ޓާސްކް ފޯހާއި، އެރަށުގެ މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި، އެރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ދުރަށް ފޮނުވާ، މި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ފެށޭނީ މިރޭ 20:30 ގައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދެވެނީ ފޭސްބުކް މެދުވެރިކޮށް ކަމަށްވާތީ، މި ޕްރޮގްރާމުން ދެވޭ މައުލޫމާތުތައް ލިބި ގަތުމުގެ ފުރުޞަތު އިހަވަންދޫ ރައްޔިތުންގެ އިތުރުން ފޭސްބުކް ބޭނުން ކުރަށްވާ ނުވަތަ ފޭސްބުކް މެދުވެރިކޮށް މި ޕްރޮގްރާމް ބައްލަވަން ބޭނުން ފުޅުވާ ހުރިހާ ބޭފުޅުންނަށްވެސް ފަސޭހަ ކަމާއި އެކު ލިބިގެން ދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތްވެސް އެކައުންސިލުން ދަނީ ކުރަމުންނެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ