ކޮވިޑް-19 އާއި ގުޅިގެން މިލަދުން މަޑުލު އުތުރުބުރީ މާއުނގޫދޫ މާއުނގޫދޫ ކައުންސިލުން އަޅާ ފިޔަވަޅުތަކެއް އާންމު ކޮށްފިއެވެ.

މާއުނގޫދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ރާއްޖެއިން ފެނިފައިވާތީ، މި ބަލިން ސަލާމަތްވުމަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކައުންސިލާއި ރަށުގައިހުރި މުއައްސަސާތަށް ގުޅިގެން ޓާސްކްފޯސް އެކުލަވާލައި، މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

Ad
rt

މިގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ޓާސްކްފޯސްއިން ވަނީ ލަފާދީފައި ވާކަމަށްވެސް އެޢިއުލާންގައި ބުނެފައިވެއެވެ.

އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • ރަށުގައި ހުރި ކުޅިވަރު ކުޅެވޭނެ ހުރިހާ ތަނެއް ވަގުތީ ގޮތުން ބަންދުކުރުން(ފުޓްބޯޅަ ދަނޑު، ފުޓްސަލް
    ދަނޑު)
  • ޕްރީސްކޫލް ހޯލްއާއި އިންޑޯޖިމް ވަގުތީ ގޮތުން ބަންދުކުރުން.
  • ބަނދަރު މަތީގައި ހުރި ޖޯލިފަތިތައް ވަގުތީ ގޮތުން ނެގުން.
  • ރަށުތެރޭ ގޭގޭ ކައިރީގައި ހުރި ޖޯލިފަތިތައް މިވަގުތަށް އެތެރެއަށް ވެއްދުން.

އޭގެ އިތުރުން ޢާންމު އެއްވުންތަށް ނުބޭއްވުމަށާއި ގްރޫޕް ހަދައިގެން ތަންތަނަށް އެއްވެ ނޫޅުމަށާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވާ މަޢުލޫމާތާއި އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތަށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެރަށު ކައުންސިލުންވަނީ، ެރަށުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.