ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހާއި، އެރަށުގެ ކައުންސިލާއި، ސިއްޚީ މަކަޒުގެ އިތުރުން ރަށުގެ އެކި މުވައްސަސާތަކާއި، ހެޔޮއެދޭ އެންމެހާ ފަރާތަތައް ގުޅިގެން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެގޮތުން ކުރިންވެސް ގިނަ މަސައްކަތް ތަކެއް ކުރެވިފައި ވާއިރު، މިހާރުވެސް ދަނީ ހުއްޓުމެއްނެތި އެރޮނގުން ގިނަ މަސައްކަތްތައް ކުރަމުންނެވެ.

Ad
rt
ތިލަދުން | Thiladhunކޮވިޑް-19: ހޯރަފުށީ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިރާއްޖެ ހިމެނޭހެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. ހޯރަފުށީ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ....

އެގޮތުން ބަލައިލާއިރު، ކޮވިޑް-19 ހޯރަފުށީ ޓާސްކު ފޯހުގެ ފަރާތުން ރަށަށް އަރާ ފައިބާ ފަރާތްތަކަށް ބަނދަރު މަތިން ފަސޭހަ ކަމާއެކު އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން ފާހަގަ ކޮށްލެވެއެވެ.

ހޯރަފުށީ ޓާސްކް ފޯހާއި ކައުންސިލާއި އަދި އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު މުހިންމު ދެންނެވުންތަކާއި މެސެޖުތައް ރަށުތެރެއަށް އިއްވުމަށް އަޑުގަދަކުރާ ސިއްހީ މަރުކަޒުގެ އިތުރުން އެހެން ސަރަހައްދެއްގައިވެސް ވަނީ ހަރުކޮށް ދެންނެވުންތަކާއި ދީނީ ދަރުސް ޖެހުން ފަށާފައެވެ.

ހޯރަފުށީ ޓާސްކް ފޯސްގެ އެހީތެރިކަމާއެކު ފިހާރަތައް، ރެސްޓޯރެންޓްތައް، ހޮޓާތައް އަދި ގެސްޓް ހައުސްތައް ޗެކްކޮށް ޑިސްއިންފެކްޓް ކުރާނެގޮތް ކިޔާ ދިނުމަށް ގެންދެވުނު ހަރަކާތަކީ މިކަމަށް ރައްޔިތުން ހޭލުންތެރިކޮށް އެރަށަކީ ސާފުތާހިރުރަށަކަށް ހެދުމަށް ކުރެވުނު މުހިންމު ކަމެކެވެ.

ހޯރަފުށީ ޓާސްކް ފޯސްގެ ފަރާތުން ރެސްޓޯރެންޓްތަކާއި، ހޮޓާ ކެފޭ ތަކުގައި ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމަކީ މިކަމުގައި ވިޔަފާރިވެރިންނާއި އާންމުންނަށް ވީހާވެސް ފަސޭހަވާނެހެން ރައްޔިތުންގެ މަޝްވަރާގެ މަތިން ނިންމި ކަންތައްތަކެއްކަމުގައި ފާހަގަ ކޮށްލެވެއެވެ. ހުރިހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ލިބޭނެކަމުގެ ޔަޤީންކަން ލިބުނުކަމަށް އެ ޓާސްކްފޯހުން ފާހަގަ ކުރަނީ އުފަލާއި އެކުއެވެ.

ހޯރަފުށީގައި ތިބި ޕިކަޕް ތަކުގެ ވެރިންނާއި، ބިދޭސީންނާއި ކައުންސިލްގެ ފަރާތުން ބައްދަލުކުރުން، ކުނި އުކާލުމުގައި އަމަލު ކުރަންވީ ގޮތާއި، އެއްވެ އުޅުމުގައި އަމަލު ކުރަންވީ ގޮތާއިމެދު އިރުޝާދު އެފަރާތްތަކަށް ދީފައިވެއެވެ.

ކައުންސިލްގެ އެދުމުގެ މަތިން އެރަށުގެ ކްލަބެއްކަމުހައިވާ އެފްސީ ފްރިގާޓަރގެ ފަރާތުން ރަށަށް އަންނަ ދަތުރުވެރިން މަޑުކޮށްލުމަށް ވަގުތީ ހިޔާއެއް ހަދައިދިނުމުން ރަށް އަރާ ފައިބާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެން ގޮސްފައިވެއެވެ.

ރައްޔިތުންވެސް ދަނީ ކޮވިޑް-19 ހޯރަފުށީ ޓާސްކު ފޯހަށް އެއްބާރުލުންދެމުންކަން ފާހަގަ ކޮށްލެވެއެވެ. މިފަދަ ބޮޑު ކަމެއް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކުކަން އެރަށު ރައްޔިތުން ދަނީ ސާބިތުކޮށްދެމުންނެވެ.

ރައްޔިތުންދަނީ އަމަލީ ގޮތުންބައިވެރިވެ، ހިތްވަރުދީ މިސާލު ދައްކަމުންނެވެ.

މިދަނޑިވަޅުގައި ހޯރަފުށިން ދައްކަމުންދާ އެއްބައިވަންތަކަމާއި، އެހީތެރިމަށް އެރަށުގެ ރައްޔިތުންނާއި، މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކަށް ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހުން ޝުކުރު އަދާ ކުރަށްވައެވެ.