ރާއްޖެ ހިމެނޭހެން މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. ހޯރަފުށީ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ.

ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް

Ad
rt

ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހުން ވަނީ ހޯރަފުށީގެ ގޭބިސީތަކަށް ދޮރުން ދޮރަށް ހިނގައި، ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ. އެހަރަކާތަކީ ހޯރަފުށީގައި މިހާތަނަށް އެއްވަގުތެއްގައި ހިންގުނު އެންމެ ބޮޑު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްކަމަށް އެ ޓާސްކް ފޯހުން ބުނެފައިވެއެވެ.

ރަށަށް އަރާ ފައިބާ ފަރާތްތައް ސްކްރީން ކުރުން

ހޯރަފުށީގެ ރައްޔިތުނާއި، ރަށުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހުން ދަނީ 24/7 ގަޑިއިރު އެރަށަށް އަރާފައިބާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެޓާސްކް ފޯހުންވަނީ ހޯރަފުށްޓަށް އަރައި ފޭބުމަށް ވަކި ސަރަޙައްދެއް ކަނޑައަޅައި، މޮނިޓަރިންގ ޑެސްކްއެއް ބަހައްޓާފައެވެ.

އެމަސައްކަތް ކާމިޔާބު ކަމާއިއެކު ކުރުމުގައި ރައްޔިތުންދޭ އެއްބާރުލުން އެޓާސްކް ފޯހުން ފާހަގަ ކޮށްފައިވާއިރު، އެރަށަށް އަންްނަ އުޅަނދު ފަހަރު ދުރާލާ އެރަށު ސިއްޚީމަރުކަޒުގެ ނަމްބަރު 6500064 އަށް ހިއްސާ ކުރުމަށްވަނީ އެދިފައެވެ.

މިސްކިތްތަކުގެ ކާޕެޓް ނެގުން

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެރަށުގެ މިސްކިތްތަކުގެ ކާޕެޓްތައްވެސްވަނީ ނަގާފައެވެ.

މިކަންކަން ކުރުމުގައި އެރަށުގެ ރައްޔިތުންނާއި، މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ ދެމުންދާ އެހީތެރިކަން ހޯރަފުށީ ކޮވިޑް-19 ޓާސްކް ފޯހުން ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރަށްވައެވެ.