އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.
އެ ކުއްޖާއާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މީހާ، ފުލުހުންގެ ބެލުމުގެ ދަށުން އެއަތޮޅު ރަށެއްގެ ޕޮލިސް ސްޓޭޝަނަށް ގެންދާ ކަމަށް ބުނާ ވީޑިއޯއެއް އެމީހާ ނިސްބަތްވާ އެރަށު މީހަކުވަނީ މިނޫހާ ހިއްސާ ކޮށްފައެވެ.
އަޕަރ ނޯތު ޕޮލިސަ ޑިވިސިއޮން (ހއ، ހދ، ށ އަތޮޅުތައް ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ބުދަ ދުވަހު 17:04 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންވަނީ އިއްޔެ ބުނެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މިމައްސަލާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"ތިލަދުން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ ހާދިސާ ހިނގި ރަށުގެ ސްޕޯޓްސް ކައުންސިލަރެވެ. މިމީހާ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސައިކަލަށް އަރުވައިގެން ގެންގޮސް އެރަށު ވަލު ތެރޭގައެވެ.
ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުން ދާ މައްސަލަ ތަކެއްކަމުން ކުއްޖާ ގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއިރަށް ހާމަ ކުރެވެން ނެތްކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!