ހޯރަފުށީ ސިއްޚީ މަރުކަޒުން ކޮވިޑް-19 އާއި ގުޅިގެން ހޮޓްލައިނެއް ތައާރަފްކޮށް، ހުންއައިސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ފުރަތަމަ ހޮޓް ލައިނަށް ގުޅުމަށް އިލްތިމާސް ކޮށްފިއެވެ.
އެސިއްޚީ މަރުކަޒުން ބުނެފައިވަނީ، ހުންއައިސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ފުރަތަމަ، އެމަރުކަޒުގެ ހޮޓް ލައިން، 7323055 އަށް ގުޅުމަށާއި އަދި އެއަށްފަހު އެމަރުކަޒުންދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރަން އެދޭކަމަށެވެ.
#ކޮވިޑް19 #ހޯރަފުށި #ހޮޓްލައިން#Covid19 #Hoarafushi #Hotline #ފަރުވާކުރުމަށްވުރެރަނގަޅީރައްކާތެރިވުން#PreventionIsBetterThanCure @raajjemv @Mihaarunews @thiladhun @sunbrk pic.twitter.com/Gd74yqT5vL
— HA.Hoarafushi Health Centre (@centre_ha) March 17, 2020
ފަރުވާ ކުރުމަށްވުރެ ރަނގަޅީ ރައްކާތެރިވުން ކަމަށްވެސް އެސިއްޚީ މަރުކަޒުން ބުނެފައިވެއެވެ.
ހޯރަފުށީ ސިއްޚީ މަރުކަޒުންނާއި، އެރަށު ކޮވިޑް-19 ޓާސްކް ފޯހުންއަންނަނީ ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ހޯރަފުށްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ 'ރަސްމަގު ބޯޓު' ހޯރަފުށްޓަށް ލެފުމުން ސްކްރީން ކުރުމުގެ މަސައްކަތްް #ކޮވިޑް19 ހޯރަފުށީ ޓާސްކު ފޯހުގެ ފަރާތުން ކުރިއަށް ގެންދެވުނު!#ގުޅިގެންމަސައްކަަތްކުރުންކާމިޔާބީގެސިއްރު#ޝުކުރިއްޔާމުއައްސަސާތަކާއިކުލަބުޖަމިއްޔާޖަމާޢަތްތައް pic.twitter.com/O0Fs5aiwAu
— HA.Hoarafushi Health Centre (@centre_ha) March 17, 2020
މިގޮތުން އެރަށަށް އަރައި ފައިބާ މީހުން ސްކްރީންކޮށް މޮނިޓަރ ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޯރަފުށްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ 'ރަސްމަގު ބޯޓު' ހޯރަފުށްޓަށް ލެފުމުން ސްކްރީން ކުރުމުގެ މަސައްކަތް އެރަށުގެ ކޮވިޑް-19 ޓާސްކު ފޯހުގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮވިޑް-19 އަށް ރައްކާތެރިވުމަށް މުޅި ރާއްޖޭގައިދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރެވެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!