މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕެނީ ލިމިޓެޑް، އެމްޑީސީސީގެ ފެރީތަކުން ފަތުރުވެރިން ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
އެމްޓީސީސީން ބުނީ މިއީ ކޯވިޑް 19 ނުވަތަ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމުގައެވެ.
ފަތުރުވެރިން ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން 14 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބުނީ އެޗްޕީއޭގެ މި ނިންމުމާއެކު 14 މާޗުން ފެށިގެން އެމްޓީސީސީގެ އާންމު ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!