އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ގެކޮޅު ކައިރީގައި ހުންނަ، ގަރުނަކަށް ވުރެ ގިނަ ދުވަސްވީ "ރޭސް ކޯސް މިސްކިތް" އިން ކަނޑާލާފައިވާ ކަރަންޓާއި ފެނުގެ ޚިދުމަތް އަލުން ގުޅައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ދިއްލީގެ ހައިކޯޓުން ނިންމައިފިއެވެ.
އެ ޚިދުމަތްތައް އަލުން އިއާދަކޮށްދިނުމަށް އެދި އެ މިސްކިތުގެ އިމާމު ހުށަހެޅި ޕެޓިޝަން ކޯޓުން ބޭރުކޮށްލީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ނިއުދިއްލީގެ 7 ލޯކް ކަލްޔާން މާރގުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކައިރީގައި އޮންނަ 53 އޭކަރުގެ ރޭސް ކޯސް ކްލަބް ސަރަހައްދުގައި ހުންނަ މި މިސްކިތުން ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލީ ނިއު ދިއްލީ މުނިސިޕަލް ކައުންސިލް (އެންޑީއެމްސީ) އިން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި ފިޔަވަޅަކީ ސަރުކާރުގެ ބިމުގައި ހުރި ހުއްދަނެތް ތަންތަން ސާފުކުރުމަށް ކޯޓު އަމުރުތަކާއި ގައުމީ ސަލާމަތަށް ރިއާޔަތްކޮށް ހިންގާ ބޮޑު އޮޕަރޭޝަނެއްގެ ބައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މިސްކިތާ އިންވެގެން ހުންނަ ހުޖުރާއެއްގައި ދިރިއުޅޭ އިމާމު މުޙައްމަދު ހާރޫން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އޮކްޓޫބަރު 12 ގައެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި ޖަސްޓިސް ސައުރަބް ބެނަޖީގެ ކުރިމައްޗަށް އެންޑީއެމްސީން ހާޒިރުވެ ބުނީ، އެ ސަރަހައްދުގައި ހުރި ''ނުރަސްމީ ތަންތަން'' ތަޅާލުމުގެ މަސައްކަތް އަދިވެސް ހިނގަމުންދާ ކަމަށާއި އާންމު މަސްލަހަތަށް ގެއްލުންވެދާނެ ކަމަށްޓަކައި ޚިދުމަތްތައް އަލުން ގުޅައިދެވެން ނެތް ކަމަށެވެ. އަދި ބިން ހަވާލުކުރެވިފައިވާ އަސްލު ފަރާތަކީ ވަގުފް ބޯޑު ކަމަށްވާއިރު އެ ބޯޑުން މި މައްސަލަ ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި، ވަގުފް ބޯޑުން އައްޔަންކޮށްފައިވާ އިމާމަކަށް އެ ތަނުގެ އަސާސީ ހައްގުތަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ކޯޓުން ވަނީ އެ ދައުވާ ބޭރުކޮށްލާފައެވެ.
India’s Muslims fear the demolition of a century-old mosque near PM Narendra Modi’s residence after the imam claimed he received an eviction notice.
There has been a wider demolition drive in the area, and the mosque’s water and electricity have been cut off. https://t.co/40mIqqLJKG
— Al Jazeera English (@AJEnglish) October 24, 2026
މިސްކިތް ހުސްކުރުމާ ގުޅޭގޮތުން އިމާމު ހާރޫން ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ލޭންޑް އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެލްއެންޑްޑީއޯ) ގެ އޮފިޝަލުން ހަ ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މިސްކިތަށް ދާ މަގު ބަންދުކޮށް، އިންޒާރުގެ ނޯޓިސް ހަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ ރަސްމީ މަސްދަރުތަކުން ވަނީ އެ މިސްކިތް ހުސްކުރުމަށް އެފަދަ އެއްވެސް ނޯޓިހެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.
📍 रेस कोर्स, दिल्ली
तमाम दबावों के बीच, पानी और बिजली की आपूर्ति बंद होने के बावजूद मुसलमान रेस कोर्स मस्जिद में जुमे की नमाज़ अदा करने पहुँचे।
मस्जिद सिर्फ़ इमारत नहीं, बल्कि इबादत और आस्था का केंद्र है।
नमाज़ पढ़ने के अपने धार्मिक अधिकार की रक्षा के लिए आखिर मुसलमानों को बार-बार संघर्ष क्यों करना पड़ता है?
#MasjidRaceCourse
— Muslim Voice Cell (@MuslimVoiceCell) October 23, 2026
އެއްފަހަރާ ގާތްގަނޑަކަށް 800 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތަކީ 2009 ވަނަ އަހަރު ގްރޭޑް 2 ގެ ހެރިޓޭޖް ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. އަދި ސެޕްޓެމްބަރު 8، 1977 ގައި ޝާއިއުކުރި ދިއްލީ އެޑްމިނިސްޓްރޭޝަންގެ ގެޒެޓްގައި ބަޔާންކޮށްފައިވާ ގޮތުން، ސަފްދަރުޖަންގް މަގުބަރާ ފަހަތުގައިވާ ދެ ބީގާގެ ސަރަހައްދުގައި ހުރި މި މިސްކިތާއި ގަބުރުސްތާނަކީ ރަޖިސްޓްރީކޮށްފައިވާ ވަގުފް މިލްކިއްޔާތެކެވެ. ވަގުފް ބޯޑުން ބުނި ގޮތުގައި 1976 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބިލްތައް ދައްކަމުން އަންނަ މި ތަނުން ކަރަންޓާއި ފެން ކަނޑާލީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ.
हुदा जरीवाला ने रोते हुए कहा मैं सिर्फ अपनी मस्जिद के लिए आवाज़ उठा सकती हूं मैं अपने सोए हुए ईमान को जगा रही हूं।
हमारे ईमान इतने कमजोर क्यों हो गए मुसलमानों अपने ईमान को मजबूत बनाओ। https://t.co/fUkdMjK0PB
— Muslim Rights Matter (@RightsForMuslim) October 23, 2026
މި މައްސަލައާ ގުޅިގެން އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި މުސްލިމް ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އޯލް އިންޑިއާ މަޖިލިސް އިއްތިހާދުލް މުސްލިމީން (އޭއައިއެމްއައިއެމް) ގެ ރައީސް އަސަދުއްދީން އޮވައިސީ ވަނީ މިނޯރިޓީ އެފެއާޒް މިނިސްޓަރު ކިރެން ރިޖިޖޫ މި މައްސަލައަށް ތަދައްޚުލުވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި ޖަމިއްޔަތުލް އުލަމާއޭ ހިންދުގެ ވަފުދަކުން ރިޖިޖޫއާ ބައްދަލުކޮށް، ގާނޫނީ ހައްލެއް ހޯދެންދެން މިސްކިތް ތަޅާލުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް އެދި މެމޮރެންޑަމެއް އަރުވާފައިވާއިރު، ހުރިއްޔަތު ޗެއާމަން މިރްވައިޒް އުމަރު ފާރޫގުވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!