ހއ. އުލިގަމު ކައުންސިލާއި، އަދި އެރަށުގެ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

އެކި ސެޝަންތަކަށް ބަހާލައިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަަލަށެވެ.

Ad
rt

"ހިތުގެ އަޑު" މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މުދައްރިބަކީ، އެ ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށްވާ ސުލްޠާނާއެވެ.

އުލިގަމުގައި ކުރިއަށް ގެންދިޔަ ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއްގެ ތެރެއިން، ފޮޓޯ: ކައުންސިލް

އަސާ ޖަމްޢިއްޔާއިން "ތިލަދުން"އަށް މައުލޫމާތުދިން ގޮތުގައި، ނަފްސާނީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަޤްޞަދުގައި ބޭއްވި މި ޕްރޮގްރާމްގައި ޖުމްލަ 62 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލިގަމު ކައުންސިލާއި، އެރަށު އަސާ ޖަމިއްޔާ ގުޅިގެން މިދިޔަ އޯގަސްޓް މަހު ވަނީ އެރަށުގައި ކާމިޔާބު ''ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހެއް'' ވެސް ހިންގާފައެވެ.