ޑަބްލިއު.އެޗް.އޯ އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް.) ލެބޯޓަރީގެ މީސްލްސް އާއި ރުބެއްލާ ޓެސްޓިންގ އެކްރެޑިޓޭޝަން އައުކޮށްފި އެވެ.

ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ޑަބްލިއު.އެޗް.އޯގެ ސަވައިލެންސް ޕްރޮގްރާމެއް ކަމުގައިވާ މީސްލްސް، ރުބެއްލާ ޕްރޮގްރާމްގެ ޓެސްޓިންގ އެންޑް ކޮލިޓީ އެޝުއަރަންސް (މޮލިކިއުލަރ ޓެސްޓިންގ އާއި ސިރޮލޮޖީ ޓެސްޓިންގ ) ވަނީ މިމާރިޗް މަހުގެ 1 އިން 2 އަށް އައި.ޖީ.އެމް.އެޗް ލެބޯޓަރީ ގައި ޑަބްލިއު.އެޗް.އޯގެ ފަރާތުން އެސެސްކޮށް، އަލުން އެކްރެޑިޓް ކޮށްފައިކަމަށް އެހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.

Ad
rt

މި އެސެސްމަންޓްގެ މައިގަޑު މަޤްޞަދަކީ މީސްލްސް އަދި ރުބެއްލާ ޓެސްޓު ކުރެވެނީ ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮލިޓީ އާއި އެއް ފެންވަރެއްގައިތޯ ދެނެގަތުމެވެ.

މި އެކްރެޑިޓޭޝަނަކީ ކޮންމެ 4 އަހަރަކުން އެއް އަހަރު އައު ކުރަންޖެހޭ އެކްރެޑިޓޭޝަނެކެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ޓެސްޓިންގ އެންޑް ކޮލިޓީ އެޝުއަރަންސް އެކްރެޑިޓޭޓް ވުމާއި ގުޅިގެން، މީސްލްސް އާއި ރުބެއްލާ ޑަބްލިއު.އެޗް.އޯ ޤަބޫލުކުރާ ފެންވަރަށް މިވަގުތު ރާއްޖޭގައި ޓެސްޓް ކުރާ ހަމައެކަނި ލެބޯޓަރީ އަކީ އައި.ޖީ.އެމް.އެޗް ލެބޯޓަރީ އެވެ.

އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީ އާއި އަދި ފޯރުކޮށްދޭ މިފަދަ އެހެނިހެން ޚިދުމަތްތަކުގައިވެސް ޢަމަލުކުރާ މިންގަނޑުތަކަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކެއްކަމުގައި ހެދުމަށާއި މިކަން މިގޮތުގައި ދެމެހެއްޓުމަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ޚާއްޞަ ސަމާލުކަމެއްދޭ ކަމެއްކަމަށް އެހިސްޕިޓަލުން ބުނެފައިވެއެވެ.