ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޙަޔާތުގެ މައިކަށްޓެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި ޢަޒުމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރި ކަމުންނެވެ. ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ނުރައްކާތެރި ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއަކުން ނުލިބޭނެއެވެ.

ޞިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ޙަޔާތުގެ ހީވާގިކަމުގެ ފީތާއެވެ. އެއީ އޭނާގެ އާރާއިބާރުގެ ހަކަތައެވެ. މިހެންވެ، އިސްލާމްދީނުގައި ޢާއްމު ޞިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވެއެވެ. ޢާއްމު ޞިއްޙަތާ ބެހޭ އަސާސަކީ ސާފުތާހިރުކަމެވެ.

Ad
rt

މާތް ﷲ ވަޙީ ކުރައްވާފައިވާބަސްފުޅުގެ މާނައިގައިވެއެވެ.

"ޠާހިރު ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ޠާހިރު ވެގަންނަ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ މި ބަސްފުޅާމެދު ނިކަން ވިސްނާލަމާތޯއެވެ؟

"ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."

އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދު ޤާއިމުވެފައިވަނީ ސާފުތާހިރުކަމުގެ މަތީގައެވެ. ވުޟޫ ނެތްމީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އިސްލާމްދީނުގައި ޝަރްޢު ކުރައްވާފައިވާ ވާޖިބު ހިނެއުންތަކާއި ސުންނަތް ހިނެއުންތަކުގެ
އަމާޒަކީވެސް ހަމަ ސާފުތާހިރުކަމެވެ.

ސާފުތާހިރުކަމުގެ މުހިއްމުކަން ނިކަން ދެކެބަލާށެވެ! އިސްލާމްދީނުގެ މުހިއްމު ރުކުންތަކުގެ ތަރަހަކަމުގައި ލައްވާފައި މިވަނީ ޠަހާރަތެވެ. ޠަހާރަތެއް ނެތި ނަމާދެއް ނުކުރެވޭނެއެވެ. ޠަހާރަތެއްނެތި ކީރިތި ޤުރްއާނުގައި ނުބީހެވޭނެއެވެ. ތަހާރަތެއްނެތި ޖަވާފެއް ނުކުރެވޭނެއެވެ. ޢާއްމު ޞިއްޙަތު ރައްކައުތެރި ކުރެއްވުމަށްޓަކައި މާތް ވަނީ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ.

އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ޙަރާމް ކުރައްވައިފައެވެ. އެމީހުން ދިރި އުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް ވަނީ އަންގަވައިފައެވެ. ފާޙިޝް ޢަމަލުތަކަށް އަރައިނުގަތުމަށް ވަނީ އަމުރު ކުރައްވާފައެވެ.

ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠާހިރު ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

އޭނާގެ ފޭރާން ސާފުތާހިރުކޮށްފި މީހާގެ ކަންބޮޑުވުންތައް މަދުވާނެއެވެ. އަދި އެމީހެއްގެ ވަސް މީރު މީހާގެ ވިސްނުން ތޫނުވާނެއެވެ.

އަލްއިމާމުއް ޝާފިޢީ (ރަޙިމަހު ﷲ) ވިދާޅުވެފައިވެއެވެ.