ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ކުރި ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ދިއްދޫގެ 3-0 އިން ބަލިވިނަމަވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެޓީމު އަތުގައި ނަސީބު ނުހިފުމުގެ ސަބަބުން ގޯލެއް އެތެރެވާގޮތަށް ނުވިއެވެ.

Ad
rt

މި މެޗުގައި ޓީސީގެ އިބްރާހިމް އޮލަޑިމޭޖީ ޖިމޯ ވަނީ މެޗުގެ 8 ވަނަ މިނިޓްގައި ދިއްދޫގެ ގޯލް ހުޅުވާލަދީފައެވެ. ޓީސީގެ ދެވަނަ ލަނޑު ފެނުނީ 40 ވަނަ މިނިޓްގައި ޓީސީގެ ބޯޑު ޕްރިންސްގެ ފަރާތުންނެވެ. ޓީސީގެ ތިން ވަނަ ލަނޑަކީ 58 ވަނަ މިނިޓްގައި ދިއްދޫގެ ހުސެއިން ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ޑިވިޒަން ތަޖުރިބާ އާއި ވަރުގަދަ ޕްރެކްޓިސް މެޗުތަކަކަށްފަހު ކުޅުނު ޓީސީ ބަލިނުކުރެވުނު ނަމަވެސް މި މެޗުގައި ދިއްދޫ ވަނީ ގިނަ ހަމަލާތަކެއް އުފައްދައި އޯގަނައިޒް ގޭމެއް ކުޅެފައެވެ.

މީގެ އިތުރުން މެޗުގައި ދިއްދޫ ސަޕޯޓަރުންގެ ކިބައިން ފެނުނު ސަޕޯޓަކީ ދިވެހި ވަކި ޓީމަކަށް ފަހުގެ ތާރީޚެއްގައި ދިން އެންމެ ވަރުގަދަ އެއް ސަޕޯޓްކަން ފާހަގަކޮށްލެވެ.

އްދޫ ވަނީ ޖޫން 8 ގައި ކުޅުނު އެ ޓީމުގެ ފުރަތަމަ މެޗު ސައުތު ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށް، ކާމިޔާބުކޮށްފައެވެ.

ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.

20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.