ޗެއާޕާސަންގެ ނާއިބުގެ މަޤާމުން އަޅުގަނޑު ވަކިކޮށްފި، ގަޕޯ އެހުރީ މޮޔަވެފައި: އިބްރޭ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން އިބްރާހީމް ވަޙީދު (އިބްރޭ) ވަކިކޮށްފިއެވެ. އިބްރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމުން ވަކިކުރިކަން މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) ހުރީ ”ރަނގަޅަށް މޮޔަވެފައި” ކަމަށް އޭނާ ވިދާޅުވިއެވެ. ”އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަޅުގަނޑު އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން ވަކިކޮށްފި ކަމަށް ދެންމެ އަޅުގަނ...