ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަގުމަތިކޮށްފައިވާކަމަށާއި އެމްޑީޕީގެ މުޅި ފޯކަސް ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކޮންްގްރެސް ޕާޓީގެ ފަރާތުން ނ.ވެލިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިން އިސްނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ޕްރޮމޯޓުކުރާ ތަން މިއަދު ނުފެންނަ ކަމަށެވެ.
"މަށަށް ވެރިކަން. މަށަށް ވެރިކަން. ކިޔާލަ ކިޔާލައި ބޮޑެތި މީހުން މި ތިބެނީ. އަޑުއިވޭ އަބްދުﷲ ޝާހިދަށޭ ވެރިކަން ބޭނުންވަނީ. އަޑު އިވޭ އިބްރާހީމް މުހައްމަދު ސޯލިހު އަދިވެސް ވެރިކަން ކުރަން ބޭނުންވެއޭ ކިޔާތީ. އަނެއްކޮޅުން އަޑު އިވޭ ކުރީގެ ވެރިމީހާ ރައީސް ނަޝީދުވެސް މީގެ ތެރެއަށް އައިސްފާނެއޭ. ފައްޔާޒުވެސް އައިސްފާނެއޭ. އެމީހުންނަށް މުހިންމެއް ނޫން ކައުންސިލަށް ކުރިމަތިލައިގެން އުޅޭ މީހުންނެއް. ހަގީގަތުގައި އެބޭފުޅުން މަގުމަތިކޮށްފި. އެމްޑީޕީގެ ވިސްނުމުގައި ހުރީ 2028 ކާމިޔާބުކުރަން. " ސައީދު ވިދާޅުވެފައެވެ.
އެމްޑީޕީން އެ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ވަކާލާތު ކުރަމުން އަންނާތީ ވަޒީރު ވަނީ ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ކައުންސިލުތަަކަކީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަންޖެހޭ ބައެއް ނޫންކަމަށާާއި ކައުންސިލުތަކަކީ ރަށުގެ ތަރައްގީއަށް ސަރުކާރާ އެކު ކުރިއަށްދާން ތިބި ބައެއްކަމަށް ވަޒީރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!