34 ބައިވެރިންނާއިއެކު ހދ. ނޮޅިވަރަމުގައި ދަންޑުވެރިކަމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ހިންގާ މި ޕުރޮގުރާމުގައި ގަސްގަހަށް ޖެހޭ ބަލި ދެނެގަންނާނެ ގޮތާއި ކާނަ ބޭނުން ކުރާނެ ގޮތް އަދި އެކި ކަހަލަ ކެމިކަލް ބޭސް ބޭނުން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

10 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ޕްރޮގުރާމް ފެށީ އިއްޔެއެވެ. މިއަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް މި ޕުރޮގުރާމް ކުރިއަށް ދާނެއެވެ.
ބައިވެރިންނަށް ކިޔަވައިދެނީ ތަޖުރިބާ ލިބިފައިވާ ދަނޑުވެރިކަމުގެ މާހިރުންނެވެ. މިފަދަ ޕްރޮގުރާމްތައް މިނިސްޓްރީން އަންނަނީ އެކި ރަށްރަށުގައި ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!