ހުޅުމާލޭ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ.
މެރިން ޕޮލިހުން ބުނިގޮތުގައި ރޯވެފައި ވަނީ ތެޔޮ އުފުލާ އުޅަނދެއްގައެވެ.
މި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:55 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.
''މި ހާދިސާ ހިނގައިގެން މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުން'' ފުލުހުން ބުނެފަވެއެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ''ލޯންޗެއް''ގައި ރޯވެގެން ސިފައިންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/yvGC97wtqJ
— Maldives National Defence Force (@MNDF_Official) November 11, 2025
ރޯވެފައިވާ އުޅަނދުގެ ފޮޓޯއިން ފެންނަނީ ލޯންޗެއް ނޫނެވެ. އެ ފޮޓޯއިން ފެންނަނީ ޔެޔޮ/މުދާ އުފުލާޒާތުގެ އުޅަނދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!