އިހަވަންދޫ ކައުންސިލްގެ "ރަސްތަރި ޤުރްއާން މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހއ. އަތޮޅުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤުސަދަކީ، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމަށެވެ.

Ad
rt

"ރަސްތަރި" ގެ ނަމުގައި އިހަވަންދޫ ކައުންސިލުން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލަމުން އެ އިދާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުބާރާތް ކުރިއަށްގެންދިޔުމަށް ގަސްތުކޮށްފައިވަނީ 2025 ނޮވެންބަރު 27 އިން 29 ގެ ނިޔަލަށް ހއ. އިހަވަންދޫގައިކަމަށެވެ.

މިގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ހއ އަތޮޅުގެ ކައުންސިލްތަކުން، އިހަވަންދޫ ކައުންސިލު އިދާރާއިން އާންމުކޮށްފައިވާ ފޯމު މެދުވެރިކޮށް އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.

އުމުރާ ދަތުރެއް ހިމެނޭހެން މި މުބާރާތުގައި ވަނަ ވަނަ އަށްދާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށްދާ ފަރާތައް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެއްވަނަ ރަށަށް ވެސް ދޭން ހަމަޖެހިަފއިވަނީ 10،000 ރުފިޔާއެވެ.