ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.

މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ.

Ad
rt

މުބާރާތުގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މުބާރާތުގެ ފަހުގެ ތައްޔާރީތައް ކަމަށެވެ. މިގޮތުން އުތީމު މި މުބާރާތް ކުޅުމަށް ޚާއްޞަ ފުޓްސަލް ދަނޑެއް މިހާރު އުތީމު ރަސްމީ ދަނޑުގެ ސަރަހައްދުން ތައްޔާރުކުރަމުން އަންނައިރު، އެ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް ވެސް ކުރަން އަންނަކަމަށް ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ތިލައުތުރު ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އުތީމުގައި ކުރަނީ، ފޮޓޯ: އުތީމު ކައުންސިލް

މީގެ އިތުރުން ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ކުޅިބަލަން ތިބޭނޭ ތަނެއް (ރޮސްޓަމްއެއް) ތައްޔާރުކުރުމުގެ މަސައްކަތާއި، ދަނޑު އޮންނަ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން އުތީމު ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''ވަރަށް ރޫހުގައި ފޯރީގައި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ އަތޮޅު ކައުންސިލުން ދަނޑު ޗެކް ކުރަން އައުމުގެ ކުރިން ނިންމާލެވޭނެ، މިކަމުގައި އެކިގޮތްގޮތުން ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޚާއްޞަކޮށް އުތީމުގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދު ވިދާޅުވިގޮތުގައި މި މުބާރުގެ ގުރުނެގުން މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އެރަށުގައި އޮންނާނެއެވެ. މި މުބާރާތުގައި މި އަހަރު ވާދަކުރަނީ ހއ. އަތޮޅުގެ 14 ރަށުން ކުރެ 10 ރަށަކުންނެވެ.

ތިލައުތުރު ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އުތީމުގައި ކުރަނީ، ފޮޓޯ: އުތީމު ކައުންސިލް

ހއ. އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތަކީ އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. އަދި ހއ. އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއ،ި ފުޓްސަލް ކުރިއެރުވުމާއި، އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ދައްކާލުމާއ،ި އެފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފަހިމާހައުލެއް ހޯދައިދީ، އިންތިޒާމީ ގޮތެއްގައި އެކަން ތަނަވަސްކޮށްދިނުމަކީ ވެސް މި މުބާރާތް ބާއްވާ މަގްސަދުތަކެވެ.

ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ. މި މުބާރާތުގައި އިތުރު ބައެއް ވަނަތައް ވެސް ހޮވާނެއެވެ.