ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި އުޅަނދުތައް ހުއްޓުވައި، އުޅަނދުތަކުގައި ތިބި ފަރާތްތައް ''ރަހީނު''ކޮށްފައިވާކަމަށް ބުނެ، ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން އިސްރާއީލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މި ކޯލިޝަނުން މިކަން ސިފަކޮށްފައިވަނީ "ވައްކަމާއި މީހުން ރަހީނުކުރުން" ކަމަށެވެ.

Ad
rt

ފްރީޑަމް ފްލޮޓިލާ ކޯލިޝަންއަކީ، މީގެ ކުރިން 7 ފަހަރެއްގެ މަތިން ޣައްޒާއަށް އިސްރާއީލުން އަޅާފައިވާ ބްލޮކޭޑް ނައްތާލުމަށް މަސައްކަތްކޮށްފައިވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ވަނީ މިފަހަރު ބައިނަލްއަޤްވާމީ ކަނޑުގައި ގްލޯބަލް ސުމޫދު ފްލޮޓިލާއަށް އިސްރާއީލުން ހަމަލާދީ، އުޅަނދުގައި ތިބި މީހުން ވަގަށްނަގައިފިކަމަށް ތުހުމަތުކޮށްފައެވެ.

އެކްސްގައި ޝާއިޢުކުރި ބަޔާނެއްގައި ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން ބުނެފައިވަނީ، ހެޔޮ ވިސްނުމުގެ އަހުލުވެރިން ވަގަށްނަގައިފިކަމަށެވެ. އަދި ފްލޮޓިލާއިން އެއްވެސް ޤާނޫނަކާ ޚިލާފުވެފައިނުވާކަމަށް ވެސް ބުނެފައި ވެއެވެ.

''ޤާނޫނާ ޚިލާފުވަނީ އިސްރާއީލުން، ނަސްލު ނައްތާލުމަށް ޣައްޒާއަށް އިސްރާއީލުން އަޅާފައިވާ ޣައިރު ޤާނޫނީ ބްލޮކޭޑާއި، އެމީހުން ދަނީ ބަނޑަށްޖެހުން ހަތިޔާރެއްގެ ގޮތުގައި ވަނީ ބޭނުންކުކުރަން ފަށާއި''

އެ ޖަމާއަތުން މި ހާދިސާ ސިފަކޮށްފައިވަނީ "ވައްކަންކުރުމާއި" އަދި "މީހުން ވަގަށްނެގުން" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

"ހަތިޔާރު ނެތް ހެޔޮ ވިސްނުމުގެ އަހުލުވެރިން، ބައިނަލްއަޤްވާމީ ކަނޑުގައި ވަގަށްނެގިފައިވަނީ، މިއީ ވައްކަމެއް. މިއީ މީހުން ވަގަށްނެގުމެއް، ފްލޮޓިލާއިން އެއްވެސް ވަރަކަށް ޤާނޫނަކާ ޚިލާފުވެފައެއް ނުވޭ." އެ ޖަމާޢަތުން ބުނެފަވެއެވެ..