ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މިދިޔަ 5 އަހަރުގެ ވެރިކަމަށްވުރެ ޤައުމަށް ގެއްލުންދެނިވި ވެރިކަމެއް ދިވެހި ތާރީޚުގައި ވެސް ނުދެކޭކަމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު (ޑޭވިޑް) ވިދާޅުވެއްޖެއެވެ.

މެމްބަރު ޑޭވިޑް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ވަނީ ޤައުމު ދަރުވާލާ ލޫޓްވާލާފައިކަމަށެވެ. އަދި އެ ޕާޓީން ކުރީ ފަނާކުރުވަނި ވެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

''އެމްޑީޕީއިން ޤައުމު ދަރުވާލާ ލޫޓްވާލާފަ، ޤައުމު ފަނާކުރަނިވި ވެރިކަމެއްކޮށް މިއަދު ޤައުމު ލޫޓްވާލައިފިއޭ ކިޔާ މިއަދު ނުކުންނަން ހަޤީޤަތުގައި ލަދުގަންނަން ޖެހޭ. އެމްޑީޕީގެ މިދިޔަ 5 އަހަރުގެ ވެރިކަމަށްވުރެ ޤައުމަށް ގެއްލުންދެނިވި ވެރިކަމެއް ދިވެހި ތާރީޚުގައި ވެސް ނެތް.'' އޭނާ ވިދާޅުވެފަވެއެވެ.

މެމްބަރު ޑޭވިޑްގެ ޕޯސްޓްގައި ވަނީ އެމްޑީޕީގައި ހުންނެވުމަށްފަހު ދަ ޑިމޮކްރެޓްސް ފަޅި ނެންގެވި ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެމްޑީޕީގެ ސަރުކާރަށް ފާޑުކިޔާ ވީޑިއޯ އެއްވެސް ހިއްސާ ކުރަށްވާފައެވެ.

މެމްބަރު ޑޭވިޑް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.