ހއ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އަޙުމަދު ޤާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަހްމާން ޔޫސުފް އެވެ.

Ad
rt

އެމްޓީސީސީ އާއި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ހއ އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކުރާ އައު އިމާރާތަކީ، 50 އެނދުގެ 5 ބުރިއަށް ޤާއިމްކުރާ، އައިސޮލޭޝަން ފެސިލިޓީއަކާއި، އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، މެމޮގްރަފީ އަދި އަލްޓްރަސައުންޑް ހިމެނޭހެން ރޭޑިއޮލޮޖީ ޑިޕާޓްމަންޓް އަކާއެކު ތަރައްޤީކުރާ އިމާރާތެކެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މީގެ އިތުރުން މި އިމާރާތުގައި ވޭސްޓް މެނޭޖްމަންޓަ ސެންޓަރަކާއި ސާވިސް ބިލްޑިންގ އަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާނޓެއްވެސް ހިމެނެއެވެ.

މިހާރުގެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ޖާގަ ތަނަވަސް މި އިމާރާތަކީ، 780 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަަވާލުކުރެވިފައިވާ އިމާރާތެކެވެ. އަދި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 185.6 މިލިއަން ރުފިޔާއެވެ.