ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމެޓީން މި ބިލު ފާސްކުރީ، މި ބިލު ހުށަހެޅީއްސުރެ ކަންބޮޑުވުން ފާޅުކުރަމުންދާ ނޫސްވެރިންގެ ތެރެއިން ނޫސްވެރިންތަކެއް އިހުތިޖާޖުގައި ތިއްބައެވެ. އަދި އެމީހުންނާއެކު ބައެއް އާންމުން ވެސް އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
މި ބިލުގެ މަސައްކަތް ނިންމަންހިފައި، ކޮމެޓީން ވަނީ މެންދުރުކުރިން މަސައްކަތް ފަށާފައެވެ. އަދި ބިލު ފާސްކޮށް ނިންމާލީ ހަވީރު 16:45 ހާއިރުއެވެ.
މި ބިލު ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްތަކާއެެކުގައެވެ. އެ އިސްލާހްތައް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އެ ބިލު ފާސްްކޮށްފައި މިވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލައި ނޫސްވެރިން ހުށަހެޅި ޕެޓިޝަނެެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!