ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫންކަމަށް ނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޢަލީ އާރިފް މިފަދައިން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނޭ ވިދާޅުވިގޮތުގައި ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާ ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

Ad
rt

ޢަލީ އާރިފް ވިދާޅުވެފައިވާގޮތުގައިފަލާހުގެ ވާހަކަތަކުގެ ކޮންޓެކްސްޓުން ބޭރުން ކިތަންމެ މާނައެއް ވެސް ނެރެވިދާނެއެވެ.

"ނޫސްވެރިކަމުގެ ގަލަމަކީ ހަތިޔާރެކޭ ބުނާ އަޑު އަހަން. ހަތިޔާރަށް ރައްކާތެރި ވާންޖެހޭނެ" ޢަލީ އާރިފް ވިދާޅުވެފައިވެެއެެވެ.

ޢަލީ އާރިފް މިފަދައިން ވިދާޅުވެފައި ވަނީ 27 އޯގަސްޓް 2025 ދުވަހު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ފަލާހް ބޭނުންކުރެއްވި ''އުލުބޭންދުން'' އިބާރަތަކާއި ގުޅިގެން މީސްމީޑިއާގައި އާއި މީޑިއާގައި ވެސް ވަރަށް ބޮޑަށް އެވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެ ދުވަހު ފަލާހް ދެއްކެވި ވާހަކާގައި ވިދާޅުވެފައި ވަނީ އޭނާ އަކީ މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް ކަމަށެވެ. މިގޮތުން އޭނާ އަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް ކަމަށާއި، އެވާހަކަ ދަންނަވަނީ ވަރަށް އަސަރާއެކުގައި ކަމަށް އޭނާ އެދުވަހު ވިދާޅުވިއެވެ.

''އުލުބޭންދުން'' އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް: ފަލާހް

"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި، މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން." ފަލާހް އެދުވަހު ވިދާޅުވެފަވެއެވެ.