ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.

މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ
  • އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން: އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމް ލިބުނު ޢިއްޒަ، ފޮޓޯ: ރައީސް އޮފީސް އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން އިނާމް ހާސިލްކުރި ކެލައަށް ނިސްބަތްވާ ވަހީދު، ފޮޓޯ: ރައީސް އޮފީސް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި އިތުރު ބޭފުޅުން:

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން: ޙުސްނާ ފަހްމީ މ. އަފްޒާ
  • ޞިއްޙީ ދާއިރާއިން ޞިއްޙީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން: ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ފިނިފެންމާގެ، ފ.ނިލަންދޫ
  • ޞިއްޙީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން: ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ
  • އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން: ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު
  • މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ
  • މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން: މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ
  • އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން: ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.