11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.

Ad
rt

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާއި ހަވާލުކުރި ރަށްތަކާއި އެ މަޝްރޫޢުތަކުގެ އަގުތަކަކީ:

  • ހއ. ތުރާކުނު - 65.5 މިލިއަން ރުފިޔާ
  • ހދ ނޮޅިވަރަންފަރު - 101.2 މިލިއަން ރުފިޔާ
  • ހދ. ފިނޭ - 65.6 މިލިއަން ރުފިޔާ
  • ށ. މަރޮށި - 60.2 މިލިއަން ރުފިޔާ
  • ނ. މާފަރު - 116 މިލިއަން ރުފިޔާ
  • ބ. ތުޅާދޫ - 80 މިލިއަން ރުފިޔާ
  • ބ. ކުޑަރިކިލު - 53.5 މިލިއަން ރުފިޔާ
  • މ. މުލި - 85 މިލިއަން ރުފިޔާ
  • ތ. ގުރައިދޫ - 74.5 މިލިއަން ރުފިޔާ
  • ތ. ހިރިލަންދޫ - 70.5 މިލިއަން ރުފިޔާ
  • ތ. ކިނބިދޫ - 80 މިލިއަން ރުފިޔާ

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި، މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 842 މިލިއަން ރުފިޔާއަށް އަރައެވެ.

މި މަޝްރޫޢުތަކުގެ އިތުރުން އާރުޑީސީ އާއި ވަނީ އެހެން މަޝްރޫޫޢުތައްވެސް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލާއި، ސިއްހީ މަރުކަޒުތައް އިމާރާތްކުރުމާއި ފުޓްސަލް ދަނޑުތައް އެޅުން ހިމެނެއެވެ.