ތިލަދެކުނު ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވާ ހދ. ނެއްލައިދޫ ސްކޫލުގެ ދަރިވަރުންނަށް އެ ރަށު ކައުންސިލުން 10،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މި މުބާތް ބާއްވަން ހަމަޖެހިފައި ވަނީ މި އޮގަސްޓް މަހު 11 އިން 14 ގެ ނިޔަލަށް ހދ. މަކުނުދޫގައެވެ. މިއީ މި ޤުރުއާން މުބާރާތުގައި ވާދަކުރާ އެ ރަށު ސްކޫލުގެ ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ނެއްލައިދޫ ކައުންސިލުން ވެފައިވާ އެހީއެކެވެ.
ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޤުރުއާން މުބާރާތުގައި ނެއްލައިދޫ ސްކޫލް ތަމްސީލުކުރާ ދަރިވަރުން މަކުނުދޫއަށް ދިޔުމުގެ ދަތުރުގެ ޚަރަދާއި އަދި މުބާރާތުގެ އެހެނިހެން ޚަރަދުތަކަށް 10،000 ރުފިޔާ މިހާރު ނެއްލައިދޫ ސްކޫލާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މަކުނުދޫން އަންނަނީ ވަރަށް ފޯރިއާއިއެކު މި މުބާރާތަށް ތައްޔާރުވަމުންނެވެ.
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު 15 ސްކޫލަކުން 203 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ހދ. ހަނިމާދޫގައެވެ.
ނެއްލައިދޫ ކައުންސިލަކީ އަބަދުވެސް ރަށުގެ ތައުލީމަށް ހާއްސަ އިސްކަމެއް ދީގެން ކައުންިސލުގެ ބަޖެޓް ފާސްކުރާއިރު ނެއްލައިދޫ ސްކޫލް ތަމްސީލުކުރާ ދަރިވަރުންނަށް މިފަދަ އެހީ ފޯރުކޮށްދޭ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!