ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ނަފްސާނީ އަދި ދީނީ ނަޒަރަކުން ރުޅި ކޮންޓްރޯލް ކުރުން" ސެޝަން އެއް ބާއްވަން ހަމަޖެހިއްޖެއެވެ.
އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ކޮމިޓީން ހިއްސާކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރައްވާ ފުރަތަމަ 25 ބައިވެރިންނަށް ކަމަށެވެ. އަދި މިހާރު އެ 25 ބައިވެރިން ހަމަވެއްޖެ ކަމަށް އެ ކޮމިޓީން މައުލޫމާތު ދެެއެވެ.
7 އޮގަސްޓް ވާ ބުރާސްފަތި ދުވަހު ރޭގަނޑު 08:15 ގައި ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމު ހާއްސަކޮށްފައިވަނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި، މި ޕްރޮގްރާމުގައި ދެ ޖިންސުގެ ބޭފުޅުންނަށް ބައިވެރިވުމަށް ހުޅުވާލައިފައިވާއިރު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން އިނާމެއް ލިބިގެންދާނެކަމަށް ވެސް އެ ކޮމިޓީން ބުނެފައިވެއެވެ.
މި ޕްރޮގްރާމު ނަންގަވައިދިނުމަށް ހަމަޖެހިފައިވަނީ ދިވެހީންނަށް ނަމޫނާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޑރ. ޝިރާނީ އަބްދުލްރަޙްމާން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!