ލޯކަލް ކައުންސިލް 2020 އަށް ޕީޕީއެމްގެ ކެނޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ހއ. އަތޮޅުގެ ތިން ރަށެއްގެ ނަތިޖާ ޤަބޫލު ނުކުރައްވާކަމަށް ހއ. ކައުންސިލްގެ ޓިކެޓް ހޯއްދެވުމަށް ވާދަ ކުރެއްވި އެއް ކެނޑިޑޭޓް އަޙްމަދު ނިޒާމް (ކެލާ ނިޒާމް) ބުނެފިއެވެ.

ނިޒާމްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް ޕްރައިމަރީ ހއ. އަތޮޅުގެ ދިއްދޫ، އުތީމު އަދި އިހަވަންދޫގެ ނަތީޖާ ޤަބޫލެއް ނުކުރައްވާ ކަމަށެވެ.

Ad
rt

މި އިންތިހާބުގައި ނާޒިމް އާއި ވާދަކޮށްފައިވަނީ ހއ ދިއްދޫ ހުސަައިން ރަޝީދު އެވެ. މި އިންތިހާބު ކާމިޔާބިކޮށްފައިވަނީ ހުސައިން ރަޝީދު އެވެ.

މިކަމާއި ގުޅިގެން ނިޒާމްގެ ބަހެއް ހޯދާލުމަށް ގުޅުމުން ތަކުރާރުކުރެއްވީ އެ ތިން ރަށުގެ ނަތީޖާ ޤަބޫލު ނުކުރަށްވާ ކަމަށެވެ. އެކަމާއި ގުޅިގެން އިތުރު ކޮމެންޓެއް ކުރައްވަން ބޭނުން ނޫންކަމަށް ނިޒާމް ބުނެފައިވެއެވެ.

ނިޒާމް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާކަމަށް ބުނެފައިވާތީ ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދަށް ގުޅުމުން ހީނާވެސް އެކަމާއި ގުޅިގެން ކޮމެންޓެއް ކުރަށްވާފައެއް ނުވެއެވެ.

ނިޒާމްވަނީ މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އަމިއްލަ ގޮތުން މާފަންނު ހުޅަނގުދާއިރާއަށް ވާދަ ކުރަށްވާފައެވެ. ނިޒާމްވަނީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމުގެ އިތުރުން ސަރުކާރުގެ އިސް މަޤާމްތަކެއް ފުރުއްވާފައެވެ.