ފްލައިމީ އިން މިމަހު ހަނިމާދޫއަށް ދެ ޗާޓާ ފްލައިޓް ބާއްވަން ހަމަޖައްސައިފިއެވެ.

ޚާއްސަ އަގުތަކެއްގައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ދެ ފްލައިޓް ބާއްވަން ހަމަ ޖައްސާފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ.

Ad
rt

16 ވަނަ ދުވަހު ފްލައިމީ ފްލައިޓް މާލެއިން ފުރުމަށް ސެޑިއުލް ކޮށްފައިވަނީ އެދުވަހުގެ ހެނދުނު 9:30 ގައެވެ. އެ ފްލައިޓް ހަނިމާދޫއިން ފުރާނީ ހެނދުނު 11:00 ގައެވެ.

22 ވަނަ ދުވަހު ފްލައިމީ މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 17:35 ގައެވެ. އެ ފްލައިޓް ހަނިމާދޫއިން ފުރުމަށް ސެޑިއުލް ކޮށްފައިވަނީ އެރޭ 19:00 ގައެވެ.

ފްލައިމީ ފްލައިޓް ތަކުގެވެސް ޗެކިން ފެށޭނީ އެހެން ޑޮމެސްޓިކް ދަތުރުތަކޭވެސް އެއްގޮތައް ފްލައިޓް ފުރުމުގެ ދެ ގަޑިއިރު ކުރިންނެވެ.

އެ ދެ ދުވަހުގެ ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ދަނީ ޓިކެޓް ވިއްކަމުންނެވެ. މާލެ، ހަނިމާދޫ އެއްކޮޅު ޓިކެޓްގެ އަގަކީ 955ރ. އެވެ.

ފްލައިމީއިން މިވަގު ސެޑިއުލް ދަތުރުތައް ކުރަމުންދަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫއަށެވެ.