މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ރޭ ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ރައުދު މަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރު ކުރުމަށްފަހު ދޫކޮށްލުމަށްފަހު އަނެއްކާވެސް މިދިޔަ ހަފުތާގައި ރައުދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ އާދީއްތަ ދުވަހު އެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ޒިލާލްގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އިރުޝާދު ދީފައެވެ. އެހެންވެ ރައުދު ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.
މި ހާދިސާގައި ޔުމްނު އަށް ލިބުނު އަނިޔާތަކަށް މެލޭޝިޔާގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!