ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓްގައި ބުރިވި އެމީހާގެ އަތް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މޭމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ.

Ad
rt

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ބަންގްލަދޭޝް މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަތް ބުރިވެ، ބޮޑެތި އަނިޔާވެފައިވާ މި މައްސަލައިގެ ތަޙުޤީޤުގައި، އެ ލޯންޗުގެ ކެޕްޓަން ހިމެނޭ ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް، ބަޔާން ނެގިފައިވާކަމަށް ވެސް ފުލުހުންގެ ޚިދުމަތުން މިއަދު ބުންޏެވެ.

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ފުލުހުންގެ ބުނިގޮތުގައި ތަޙުޤީޤުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ތަޙުޤީޤުގެ ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅާނެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ ވެސް ވަނީ ޑިންގީއެއްގައި ލޯންޗަކުންޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ޅ. ގާއެރި ފަޅު ކައިރީގައި ރޭ ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ޑިންގީގައި ތިބި ފަސް މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ ޅ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.