ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން "އުރީދޫ ޖޫނިއަރސް އޮން ޑިއުޓީ" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ކުޑަކުދިން ވަނީ އުރީދޫގެ ކޯލް ސެންޓަރ އަދި އެކްސްޕީރިއަންސް ސެންޓަރުގައި ކުންފުނީގެ ފްރޮންޓްލައިން މުވައްޒަފުންނާއެކު މަސައްކަތްކޮށްފައެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައެވެ. މިގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާ ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، އަދި ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށްވެސް ޖަވާބުދީފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ހަރަކާތާ ގުޅޭގޮތުން ބުނެފައިވަނީ، މިއީ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިނުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ޚިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެއް ކަމަށެވެ.
އުރީދޫއިން މި ހާއްސަ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި ޢާއިލާތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކް ކަމަށް ބުނެފައިވެއެވެ.
މި ހަރަކާތަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!