ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކޮރޯނާ ވައިރަސްއިން ދިވެހި އެންމެހާ ރައްޔިތުން ސަލާމަތްވުން އެދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދުއާ ކުރައްވައިފިއެވެ.

ގާސިމް ވަނީ ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާންކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.

Ad
rt

"ޔާ الله! ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާން ކަން އަޅަމެންނަށް މިންވަރު ކޮށްދެއްވާނދޭވެ، އާމީން،"

20 އަހަރުގެ ދިވެހި ފިރިހެން މިހާރު ވަނީ، ކޮރޯނާ ވައިރަސްއަށް ސައްކުވެގެން ކ. ފުނަދޫގައި ކަރަންޓީނު ކޮށްފައެވެ. އެ ވައިރަސް ވަނީ އަވަށްޓެރި ސްރީލަންކާއާއި އިންޑިއާ އިންވެސް ފެނިފައެވެ. އިންޑިއާއި، ލަންކާއަކީ ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ މަންޒިލްތަކަށް ވީއިރު އެފަދަ އެހެން ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ މަންޒިލްތައް ކަމަށްވާ ތައިލެންޑް އަދި މެލޭޝިއާއިންވެސް ވަނީ އެ ވައިރަސް ފެނިފައެވެ.

ރެޔާއި ހަމައަށް ދުނިޔޭގެ އެކި ހިސާބުން އެ ބައްޔަށް ޝައްކުކުރެވޭ 8200 އަށްވުރެ ގިނަ މީހުން ފެނި، އެބަލީގައި މިހާތަނަށް 171 މީހުން މަރުވި ފަހުންނެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ އިން ބޭރުން 18 ގައުމަކަށް އެ ބަލި ވަނީ ފެތުރިފައެވެ.