ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ އެމެޖެންސީ އިއުލާންކޮށްފިއެވެ.

ޗައިނާގެ ވޫހާންގައި ފެތުރެން ފެށި އެވައިރަސް މިހާރު ވަނީ ދުނިޔޭގެ އެތައް ޤައުމަކަށް ފެތުރި، އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައެވެ.

Ad
rt

އެކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި ކުއްލި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވަނީ ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމަށް ވިދާޅުވެފައެވެ. އޭނާވަނީ ޗައިނާ ސަރުކާރުން ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ޗައިނާގައި ހިނގަމުންދާ ކަންކަމެއް ނޫން. އެކަމަކު އެހެން ގައުމުތަކުގައި ހިނގާ ކަންކަން،" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމުގައި ގެބްރިޔޭސަސް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ޗައިނާ އަށް ދަތުރު ކުރުން މަނާކޮށް އަދި އެ ގައުމާ އެކު ވިޔަފާރި ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯ އިން އެކަން އިއުލާން ކޮށްފައި ދުނިޔޭގެ އެކި ހިސާބުން އެ ބައްޔަށް ޝައްކުކުރެވޭ 8200 އަށްވުރެ ގިނަ މީހުން ފެނި، އެބަލީގައި މިހާތަނަށް 171 މީހުން މަރުވި ފަހުންނެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ އިން ބޭރުން 18 ގައުމަކަށް އެ ބަލި ވަނީ ފެތުރިފައެވެ.