ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އެވެ.

Ad
rt

މިތަކެތީގެ ވަގުތީ ބަރުދަނުގައި 1.070 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން މިތަކެތި އަތުލައިގަތީ އިއްޔެއެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތްނަމަވެސް މި މައްސަލާގައި އަދި މީހަކު ހައްޔަރުކުރިކަމެއް ނޭނގެއެވެ.