ސ. ހިތަދޫގައި މީހަކު ޖޯއްޔެއްގައި ބަނދެ، ބޯބާލައި އަނިޔާކުރި މައްސަލައެއްގައި 4 ފިރިހެނުންނާއި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލަ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ހާއިރު ސ. ހިތަދޫ، މިލޯ ދަނޑު ސަރަޙައްދުގައެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ސަރަޙައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިފައިވެއެވެ. އިތުރަށް ބެލިބެލުމުން އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ބަނދެ، ބޯބާލައި އަނިޔާކޮށްފައި ވަނިކޮށް ފެނިފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންންފައިވާ މީހުންނަކީ:
1. ވިޝަން ޑްރީމް / ސ. ހިތަދޫ، ސަމާޙް ތައުފީޤް (20 އަހަރު)
2. ގްރޭސް / ސ. ހިތަދޫ، މުޙައްމަދު ޔައީޝް އަޒާދު (19 އަހަރު)
3. ނޫތަރި / ސ. ހިތަދޫ، އަޝްރަފް މުޙައްމަދު (22 އަހަރު)
4. މެރީ ގާޑަން / ސ. ހިތަދޫ، އަލީ މާޒިން ޙަސަން (20 އަހަރު)
5. 15 އަހަރުގެ ކުއްޖެއް
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސަމާޙް ތައުފީޤް އާއި އަޝްރަފް މުޙައްމަދު 15 ދުވަހަށް، އަދި މުޙައްމަދު ޔައީޝް އަޒާދު އާއި އަލީ މާޒިން ޙަސަން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް އާއިލާއާ ވަނީ ޙަވާލުކޮށްފައެވެ.
ފުލުހުންގެ ފަރާތުން މި މައްސަލަ ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!