ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރާއި ގުޅޭ އިސްލާހެއް މަޖިލީހުގެ ގަވާއިދަށް ގެނައުމަށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

Ad
rt

ދެވަނަ ދައުރު ހިނގާނީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭމަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް އަދި ތިން ވަނަ ދައުރު އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ރިފާއު މިއަދު ހުށަހެޅުއްވި އިސްލާހްގައިވާގޮތުން މި އިސްލާހަށް ޢަމަލުކުރަން ފަށާއިރު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހިނގނީ މި ފެބްރުއަރީ މަހުގެ ނިޔަލަށެވެ.