އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަށް ތައްޔާރުވެއްޖެ އެވެ.
ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެކެވެ
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް-ހަމާދީ ވިދާޅުވި ގޮތުގައި، މި އައު ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ކޯލްކުރުމާއި، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އުރީދޫގައި އަޅުގަނޑުމެން މިތިބީ އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް. ސެމްސަންގް އީސިމް ވެއާބަލްސް އާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ,"
ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.
ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ، ސެމްސަންގްއަކީ ޒަމާނީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ޚާއްޞަވެފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ހަރުދަނާ ކޮށްދެނީ މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީގެ ޒަރީއާއިން ކަމަށެވެ.
"އުރީދޫ މޯލްޑިވްސްއާއި ގުޅިގެން، އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކުގައި އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ކަސްޓަމަރުން ކޮންމެވަގުތަކުވެސް، ކޮންމެ ތަނެއްގައިވެސް، ފޯނު ބޭނުން ގުޅާލެވިފައި ތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ނުކޮށް ލިބޭ ވަރަށް ބޮޑު އުފަލެއް."
ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވި އެވެ.
ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށާއި އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަމްބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެއެވެ.
ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!