ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރަސްމީ ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ.
އުތީމު ކައުންސިލުގެ ރަސްމީ ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބޭއްވި ހަފްލާގައެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ.
ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން
ލޯގޯގައި ދޯންޏެއްގެ ސިފައިގައި ރަމްޒުކޮށްދޭބައިން ބުނެދެނީ އުތީމު ތިންބެއިން ރާއްޖެ އިސްލާމް ކުރެއްވުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ ބޭނުން ކުރެއްވި ކަޅުއޮށްފުންމިއެވެ.
ލޯގޯގައި ކަނޑު ރަމްޒުކޮށްދޭ ބައިން ބުނެދެނީ ދިވެހިރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުކަމާއި އަދި އުތީމު ތިންބެއިން ޖިހާދުގައި ގިނަވަގުތު ހޭދަކުރައްވާފައި ވަނީ ކަނޑުމަތީގައި ކަމެވެ.
ލޯގޯގައި ހިމެނިފައިވާ ތިން ތަރިން ރަމްޒުކޮށްދެނީ އުތީމު ތިންބެއިން އަދި އެ ބޭފުޅުން ކުރެއްވި މަތިވެރި ޖިހާދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!