ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފޮށިގަނޑަކާ ހަވާލުވާން ދިޔަ ދިވެހި އަންހެން މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާއި އޭނާ އާއި ގުޅުމެއްނެތްކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު، ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކޮށް، އެ ފޮށިގަނޑާ ހަވާލުވާން އުޅުނު ވަގުތުއެވެ.
ފުލުހުން އެއިރު އޭނާ ހައްޔަރުކުރީ އޭނާ ހަވާލުވާން ދިޔަ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރުމުންނެވެ.
ނަމަވެސް، އެ އަންހެން މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަމާއި ގުޅުމެއްނެތްކަން ޔަގީންވުމުން، މިހާރު އެމީހާ ދޫކޮށްލާފައިވާ ކަމަށް މިރޭ ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!