އޮޔާދަމައިގަތް ތިން މީހަކު ސަލާމަތްކުރުމަށް މުވައްޒަފުންދެއްކި ހިތްވަރަށް ފަޚުރުވެރިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
ވިލިމާލޭގައި މޫދަށް އެރި އުޅުނު ބަޔަކު މިއަދު ވަނީ އޮޔާދަމައިގަނެފައެވެ. އެމީހުން އޮޔާދަނިކޮށް ވަނީ ސަލާމަތްކޮށްފައެވެ.
މިކަމާއިގުޅިގެން އެމްޓީސީސީން މިއަދު ބުނީ، އޮޔާދަމައިގަތް ތިން މީހުން ކަނޑުމަތީ އޮޔާދަނިކޮށް ސަލާމަތްކުރުމަށް އެ ކުންފުނީގެ ވިލިމާލެ ފެރީ އޮޕަރޭޓްކުރަމުންދިޔަ މުވައްޒަފުން ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ.
''މި އޮޕަރޭޝަނުގައި އަޅުގަނޑުމެންގެ މުވައްޒަފުން ދެއްކި ހިތްވަރާއި ވިސްނުންތެރިކަމާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން، މިފަދަ ހާލަތްތަކަށް އަބަދުވެސް ތައްޔާރަށް ތިބުމަށްޓަކައި، އަޅުގަނޑުމެންގެ ޓީމަށް ސަލާމަތާއި ސަލާމަތްކުރުމުގެ ތަމްރީނު ދެމުން ގެންދަނީ މި ސަބަބަށްޓަކައި." އެމްޓީސީސީން ބުނެފަވެއެވެ.
MTCC staff operating the Villimale’ Ferry successfully rescued three individuals who were swept out to sea by strong currents while swimming earlier today. We are proud of the bravery and vigilance demonstrated by our staff during the rescue operation. This is why we conduct… pic.twitter.com/GxWeEWIbta
— MTCC Plc (@MTCCPlc) January 17, 2025
ވިލިމާލޭގައި މޫދަށް އެރި އުޅުނު ބަޔަކު އޮޔާދަނިކޮށް އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ވެސް ވަނީ މިއަދު ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!