މާލެއިން ކުޅުދުއްފުއްޓަށް އިއްޔެ (ހުކުރު ދުވަހު) ހެނދުނު ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއަރލައިންސްގެ ފުލައިޓު Q2 442 ގެ ދަތުރު 16 ގަޑިއިރަށް ޑިލޭ ވެއްޖެ އެވެ.

އިއްޔެ ހެނދުނުން ފެށިގެން ވާރޭ ވެހުމުގެ ސަބަބުން މެދުރާއްޖެ ތެރޭގެ ރަށްރަށުގައި އަދި މާލޭގެ މަގުތަކާއި ހުޅުލޭގައި ވެސް ފެންބޮޑުވެފައި އޮތުމުން ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފަ އެވެ.

Ad
rt

އެ ދަތުރުގައި ބައިވެރިވި ޒުވާނަކު މީސްމީޑިޔާގައި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެދަތުރުގެ ބައިވެރިން ހެނދުނު 07:30 ގައި ޗެކް-އިން ފަށާއި 08:35 ގައި ބޯޑިންގ ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ތްރިވެންޑްރަމްއިން އަންނަ ފްލައިޓް ލަސްވުމުގެ ސަބަބުން ބޯޑިންގ ލަސްވެއްޖެކަމަށް އިޢުލާނު ކުރެވުނެވެ. އަލުން ބޯޑިންގ ފަށާ ފުރުމަށް ހަމަޖެހުނީ މެންދުރު 11:30 ގައިކަމަށެވެ. ނަމަވެސް، މެންދުރު 12:00 ގައި އަނެއްކާވެސް ލަސްވެއްޖެކަމަށް އިޢުލާނު ކުރެވުނެވެ. ދެން ފުރޭނެކަމަށް ދިން ގަޑިއަކީ، ރޭގަނޑު 07:30 ގައި ކަމަށެވެ. ނަމަވެސް، އަނެއްކާވެސް ރޭ 11:25 ގައި ފުރުމަށް އިޢުލާންކުރި ކަމަށެވެ.

"ދަތުރުގެ ބައިވެރިން ފުރަން ބޯޓަށް އެރުވުނީ މެންދަމު 12:00 ގައި، ފުރުނީ 12:30 ހާއިރު"

އެޒުވާނާ ބުންޏެެވެ.

މި ދަތުރު މިހާ ބޮޑަށް ލަސްވުމާ ގުޅިގެން މޯލްޑިވިއަން އެއަރލައިންސްގެ މުވައްޒަފުން ވަނީ ތަކުރާރުކޮށް އެކި ފަހަރު އެކި ގޮތްގޮތައް ވާހަކަ ދައްކާފަ ކަމަށް އޭނާ ބުންޏެވެ. އެގޮތުން، މި ދަތުރު ލަސްވި ސަބަބުތަކުގެ ތެރޭގައި. ޓްރިވެންޑްރަމްއިން އަންނަ ފުލައިޓު ލަސްވުމާއި، ފުލައިޓު ހަލާކުވުމާއި މޫސުން ގޯސްވުން ފަދަ ކަން ކަން މޯލްޑިވިއަންގެ މުވައްޒަފުން ފާހަގަކޮށްފައިވާކަމަށް އެޒުވާނާ ބުންޏެވެ.

"އުތުރުގެ ރައްޔިތުން މިއަދު ވެހުނުހާ ވާރޭގަ، މިހާ ގަނަ ތެޅުވީ "އުތުރަށް ނިސްމްބަތްވާތީ"، ދެކުނުގެ މަންޒިލްތަކަށް ދަތުރުތައް ނިންމާފައި އައިސް ކުޅުދުއްފުއްޓަށް ދަތުރު ކުރަން ޖެހުނު އެހާ ލަސްވީ"

މި ހާދިސާއާ ގުޅިގެން އެފުލައިޓުން ދަތުރުކުރި ޒުވާނަކު ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ މޯލްޑިވިއަންގެ ޚިދުމަތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

May be an image of aircraft, map and text

އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަތުރުގެ ނިޒާމުތަކަށް ވަނީ ބުރޫ އަރާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވެސް އިއްޔެ އަކީ ބާރުބޮޑު ދުވަހަކަށް ވިއެވެ. ރާއްޖެ އިން އުމްރާ އަށް ދިޔަ ގިނަ ބަޔަކު އެނބުރި އައުމާއި ޗުއްޓީ ނިންމައި ފުރާ މީހުންނާއި އަންނަ މީހުން އެއާޕޯޓުގައި ތާށިވިއެވެ.