ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާއަށް ނިސްބަތްވާ ހުރިހާ ގޭބިސީތަކުގެ ނަންބޯޑް ހަދައިދީ ހަރުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ ފަރުހަތު މުހައްމަދު ނިންމައިފިއެވެ.

ދާއިރާގެ ހުރިހާގެއެއެގައި ނަންބޯޑު ހަރުކުރަން އެމްޕީ ފަރުހަތުގެ ޓީމުން ނިންމާފައިވަނީ އެ ދާއިރާގެ ގެތަކަށް ކުރެވުނު ޒިޔާރަތުގައި ގިނަ ގެތަކެއްގައި ނަން ބޯޑު ނެތުމުން ކަމަށް އެ ޓީމުން މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

Ad
rt

އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ޓީމްގެ ލަފަޔާއިއެކު ދާއިރާގެ ގޭބިސީތަކުގެ ނަންބޯޑު ހެދުމާއި ހަރުކުރުމުގެ ހަރަކާތް ހިންގަން ނިންމާފައިވާ ކަމަށެވެ.

ނަންބޯޑު ހަދައި ހަރުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހު 15 ގެ ކުރިން ސަބްމިޓް ކުރުމަށް އެމްޕީ ފަރުހަތުގެ ޓީމުން އެދެއެވެ.