ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ކުކުޅު ހާ ވެސް ނުކުރާ ކަންކަން ކަމަށް ކެލާ ދާއުރާގެ މަޖިލިސް މެމްބަރު އިބްރާހިމް ސަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް ސަރީފް ވިދާޅުވީ، ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ކުކުޅު ހާ ވެސް ނުކުރާ ކަންކަން ކަމަށާއި، ވީއިރު އިންސާނުން އެފެންވަރަށް ދިއުމަކީ އެއްވެސް ހުއްޖަތެއް އޮންނާނެ ކަމެއް ނޫންކަމުގައެވެ.
އެފަދަ މީހުންނަށް ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލާކަމަށްވެސް އިބްރާހިމް ސަރީފް ވިދާޅުވެފައިވެއެވެ.
އިތުރަށް އިބްރާހިމް ސަރީފް ވިދާޅުވެފައިވަނީ، ހިނގާދިޔަ ރޭޕްގެ މައްސަލައާއި ގުޅިގެންވެސް އަންހެނުން ބާރުވެރި ކުރުމުގެ މުހިންމުކަން އެނގިގެން ހިނގައްޖެކަމަށެވެ.
އަންހެނުން ކައުންސިލްތަކަށް އައުމަކީ ރަށްރަށުގައި ހުރި ލާދީނީ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމެއް ކަމަށްވެސް އިބްރާހިމް ސަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!