އައްޑޫގަައި ތިން އެކްސިޑެންޓެއް ހިނގައި 7 މީހަކަށް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އައްޑޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން މިރޭގެ އެކި ވަގުތުތަކުގައި އެ އިދާރާއަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓްތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ ހަ ފިރިހެނުންނަށާއި، އަންހެނަކަށެވެ.

މިއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތު ދީފަވެއެވެ.