ދިވެހި ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ.

ދިވެހި ޚާރިޖިއްޔާ އިން ބުނީ ވަޒީރުގެ މިދަތުރަކީ ރަސްމީ ދަތުރެއް ކަމަށެވެ.

Ad
rt

ޒަމީރުގެ މި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާން އާއި ޔޫއޭއީ ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

މިދަތުރު ވެގެން ދާނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް، ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ކަމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހަށް ޚާރިޖީވަޒީރު ކުރައްވާ މި ދަތުރުގެ ދިވެހި ޚާރިޖިއްޔާގެ ބައެއް އިސްވެރިންް ވެސް ބައިވެރިވެއެވެ.

ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ވަނީ މިދިޔަ މަހު ކުރީކޮޅު ވެސް ޔޫއޭއީއަށް ވަޑައިގެންފައެވެ. އެއަށްފަހު ބަހްރައިނަށް ވެސް ވަނީ ރަސްމީ ދަތުރެއް ކުރަށްވާފައެވެ.

ވަޒީރު ވަނީ މީގެ ކުރިން ގިނަ ޤައުމުތަކަކަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ގަތަރު، ސައޫދީއަރަބިއްޔާ، ޖަރުމަނުވިލާތް، ބެލްޖިއަމް، އެމެރިކާ، ޗައިނާ އަދި ޔުގާންޑާ ހިމެނެއެވެ.