ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ. އެމައްސަލާގައުލި ހައްޔަރުކުރި ބިދޭސީ މީހާއަކީ ބަނގުލަދޭސްގެ ރައްޔިތެކެވެ.
ފުލުހުންވަނީ އެމީހާ ގެންދިޔަ ފޮއްޓެއް ތެރެއިން 16 ފުޅި ބަނގުރަލާއި ދެ ބިއަރު ދަޅު ހޯދާފައެވެ.
ފުލުހުން ބުނީ، އިއްޔެ މެންދުރު 14:58 ހާއިރު، ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ ބަގީޗާ ހިނގުމުގައި ފޮށްޓެއް ދަމާފައި ދިޔަ މީހަކަށް ޝައްކު ކުރެވިގެން ހުއްޓުވައި ބެލިއިރު އެ ފޮށީގެ ތެރެއިން 16 ފުޅި ބަނގުރަލާއި ދެ ބިއަރު ދަޅު ފެނިފައި ވާކަމަށެވެ.
އެމައްސަލާގައި އުމުރުން 29 އަހަރުގެ ބަގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށް އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ފުލުހުން އިއްޔެވެސް ވަނީ މަސްތުވާ ތަކެތީގެ މައްސަލާގައި ދެ މީހަކު ދެ ރަށަކުން ހައްޔަރުކޮށްފިކޮށްފައެވެ. އެމައްސަލާގައި ފުލުހުންވަނީ ދ. ކުޑަ ހުވަދޫއިން އުމުރުން 38 އަހަރުގެ ފިރިހެނަކާއި، އަދި ކާށިދޫއިން 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީގެ އިތުރުން ފުލުހުން އިއްޔެ ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ނ. ވެލިދޫއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!