ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ އަންހެން މީހާ އަކީ ހުޅުމާލޭގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ މީހެކެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޢަލީ ޝައްމާހު ވަހީދު، ސްކޫނަރ/ގދ. ތިނަދޫ އެވެ.

ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރިގެންފި

އޭނާގައިގާ ކަޓަރު އަޅައި، ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނީ މިއަދުއެވެ.

ރާއްޖޭގައި ވަނީ މިފަދަ ޖަރީމާތައް އިންތިހާއަށް އިތުރުވެފައެވެ.